ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 1:25
ހޫނު ޚަބަރު

ޕްރައިވެސީ ޕޮލިސީ

ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އަމަލުކުރަން ފަށާ ތާރީޚު: 23 ޑިސެމްބަރު 2025

ނަބަ (”އަޅުގަނޑުމެން“، ”އަޅުގަނޑުމެންގެ“) އަކީ ތިޔަ ފަރާތުގެ އަމިއްލަ މިނިވަންކަމާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އިސްކަންދޭ ފަރާތެކެވެ. މި ޕްރައިވެސީ ޕޮލިސީގައި ބަޔާންކޮށްފައިވަނީ އަޅުގަނޑުމެންގެ ވެބްސައިޓްތަކާއި، މޮބައިލް އެޕްތަކާއި، އަދި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާއިރު، ތިޔަ ފަރާތުގެ މައުލޫމާތު އަޅުގަނޑުމެން އެއްކުރާ، ބޭނުންކުރާ، ހާމަކުރާ އަދި ރައްކާތެރިކުރާ ގޮތެވެ. މީގެ ތެރޭގައި ހިމެނެނީ:

ދިވެހި އެޑިޝަން: naba.mv

އިނގިރޭސި އެޑިޝަން: english.naba.mv

އަޅުގަނޑުމެންގެ ސައިޓްތައް ބޭނުންކުރުމުން، މި ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަ ފަރާތުގެ މައުލޫމާތު އެއްކުރުމަށާއި ބޭނުންކުރުމަށް އެއްބަސްވެވޭނެއެވެ. މި ޕޮލިސީއަށް އެއްބަސްނުވާނަމަ، އަޅުގަނޑުމެންގެ ސައިޓްތައް ބޭނުންނުކުރުމަށް އެދެމެވެ.

1. ނަބަ އާ ބެހޭގޮތުން

    ނަބަ އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީކޮށްފައިވާ، ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމުގެ ހުއްދަ އޮތް ކުންފުންޏެކެވެ. ރަޖިސްޓްރީ ނަންބަރަކީ BP152522025 އެވެ.

    އަޅުގަނޑުމެން މަސައްކަތް ކުރަނީ އޮންލައިން ނޫސް ޕްލެޓްފޯމެއްގެ ގޮތުގައެވެ. އަދި ކިޔުންތެރިންނަށް ސައްހަ އަދި އަވަސް ޚަބަރު ފޯރުކޮށްދިނުމުގައެވެ. އަޅުގަނޑުމެންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، އެކްސް (ޓުވިޓަރ)، ޓެލެގްރާމް އަދި ޔޫޓިއުބް ހިމެނެއެވެ. މި އެކައުންޓްތައް ގަވާއިދުން އަޕްޑޭޓްކުރެވޭނެ އަދި އަޅުގަނޑުމެންގެ ސައިޓްތަކުން މި އެކައުންޓްތަކަށް ލިންކް ކުރެވިފައިވާނެއެވެ.

    ގުޅޭނެ މައުލޫމާތު:

    ހޮޓްލައިން: 7874447 960+

    އީމެއިލް: info@naba.mv

    2. އަޅުގަނޑުމެން އެއްކުރާ މައުލޫމާތު

      އަޅުގަނޑުމެން ތިރީގައިވާ ބާވަތްތަކުގެ މައުލޫމާތު އެއްކޮށްފާނެއެވެ:

      ޒާތީ މައުލޫމާތު – ތިޔަ ފަރާތުން ރަޖިސްޓްރީވާއިރު، ސަބްސްކްރައިބް ކުރާއިރު ނުވަތަ އަޅުގަނޑުމެންނާ ގުޅާއިރު ދޭ ނަން، އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު ފަދަ މައުލޫމާތު.

      ބޭނުންކުރުމާ ގުޅޭ މައުލޫމާތު – އަޅުގަނޑުމެންގެ ސައިޓްތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު، މީގެ ތެރޭގައި ބަލާފައިވާ ޕޭޖްތަކާއި، ފިއްތާލާފައިވާ ލިންކްތަކާއި، އަދި ސައިޓްގައި އުޅޭ ގޮތުގެ މައުލޫމާތު ހިމެނެއެވެ.

      ޑިވައިސްގެ މައުލޫމާތު – ބޭނުންކުރާ ފޯނު ނުވަތަ ކޮމްޕިއުޓަރުގެ ބާވަތް، ބްރައުޒާގެ ބާވަތް، އޮޕަރޭޓިން ސިސްޓަމް އަދި އައި.ޕީ އެޑްރެސް.

      ސޯޝަލް މީޑިއާ މުއާމަލާތްތައް – ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، އެކްސް، ޓެލެގްރާމް ނުވަތަ ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އަޅުގަނޑުމެންގެ ކޮންޓެންޓާ މުއާމަލާތް ކުރާނަމަ، އެކަމާ ގުޅޭ މައުލޫމާތު.

      ކުކީޒް އަދި ޓްރެކިންގ ޑޭޓާ – ތިޔަ ފަރާތުގެ ތަޖުރިބާ ރަނގަޅުކުރުމަށާއި ސައިޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދެނެގަތުމަށް އަޅުގަނޑުމެން ކުކީޒް އާއި އެނަލިޓިކްސް ޓޫލްސް ބޭނުންކޮށްފާނެއެވެ.

      3. ތިޔަ ފަރާތުގެ މައުލޫމާތު ބޭނުންކުރާ ގޮތް

        ތިޔަ ފަރާތުގެ މައުލޫމާތު ތިރީގައިވާ ބޭނުންތަކަށް ބޭނުންކުރެވިދާނެއެވެ:

        އަޅުގަނޑުމެންގެ ސައިޓްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ބެލެހެއްޓުމަށާއި، އިތުރަށް ފުރިހަމަކުރުމަށް.

        ސުވާލުތަކާއި، ޚިޔާލުތަކާއި ނުވަތަ އެދުންތަކަށް ޖަވާބު ދިނުމަށް.

        ސައިޓް ބޭނުންކުރާއިރު ތިޔަ ފަރާތަށް އެންމެ އެކަށީގެންވާ ގޮތަށް ކަންކަން ބައްޓަންކުރުމަށް.

        އަޕްޑޭޓްތަކާއި، ނިއުސްލެޓަރތައް ނުވަތަ ތިޔަ ފަރާތުން ބޭނުންވެގެން ފޮނުވާ މައުލޫމާތު ފޮނުވުމަށް.

        ސައިޓްގެ މަސައްކަތްތަކާއި ރައްކާތެރިކަން ބަލައި، ދިރާސާކޮށް، ރަނގަޅުކުރުމަށް.

        ގާނޫނީ ޒިންމާތަކަށް ބޯލެނބުމަށާއި ނަބަގެ ހައްގުތަކާއި މުދާ ރައްކާތެރިކުރުމަށް.

        އަޅުގަނޑުމެން ތިޔަ ފަރާތުގެ ޒާތީ މައުލޫމާތު އެއްވެސް ތިންވަނަ ފަރާތަކަށް ނުވިއްކާނަމެވެ.

        4. މައުލޫމާތު ހިއްސާކުރުން

          އަޅުގަނޑުމެން ތިޔަ ފަރާތުގެ މައުލޫމާތު ހިއްސާކުރާނީ ހަމައެކަނި ތިރީގައިވާ ހާލަތްތަކުގައެވެ:

          ސައިޓް ހިންގުމުގައި ނުވަތަ ޚިދުމަތް ދިނުމުގައި ނުވަތަ ޑޭޓާ ދިރާސާކުރުމުގައި އެހީތެރިވާ ޕާޓްނަރުންނާއި ޚިދުމަތްދޭ ފަރާތްތަކާ އެކު.

          ގާނޫނީ ގޮތުން ނުވަތަ ސަރުކާރުގެ އިދާރާއަކުން އެދިއްޖެ ހާލަތެއްގައި.

          ނަބަ، އަޅުގަނޑުމެންގެ ކިޔުންތެރިން ނުވަތަ އެހެން ފަރާތްތަކުގެ ހައްގުތަކާއި، މުދަލާއި، ނުވަތަ ސަލާމަތްތެރިކަން ރައްކާތެރިކުރުމަށް.

          ކުންފުނި އެހެން ފަރާތަކާ ގުޅާލުން ނުވަތަ މުދާ ވިއްކާލުން ފަދަ މުއާމަލާތަކާ ގުޅިގެން.

          ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން (ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، އެކްސް، ޓެލެގްރާމް، ޔޫޓިއުބް) އެ ފަރާތްތަކުގެ އަމިއްލަ ޕްރައިވެސީ ޕޮލިސީތަކާ އެއްގޮތަށް، ތިޔަ ފަރާތުން އަޅުގަނޑުމެންގެ އެކައުންޓްތަކާ ކުރާ މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް މައުލޫމާތު އެއްކޮށްފާނެއެވެ.

          5. ކުކީޒް އަދި އެނަލިޓިކްސް

          އަޅުގަނޑުމެން ކުކީޒް އާއި އެނަލިޓިކްސް ޓޫލްސް ބޭނުންކުރަނީ އަންނަނިވި ކަންކަމަށެވެ:

          ވެބްސައިޓުގެ ފެންވަރާއި ބޭނުންކުރާ ފަރާތްތަކުގެ އުޅުން ދެނެގަތުމަށް.

          ސައިޓްތަކުގެ ކޮންޓެންޓް، ލޭއައުޓް އަދި ފަންކްޝަނަލިޓީ އިތުރަށް ފުރިހަމަކުރުމަށް.

          ބޭނުންކުރާ ފަރާތުގެ އިސްކަންދޭ ކަންކަމާއި ލޮގިން ތަފުސީލުތައް ހަނދާން ބެހެއްޓުމަށް.

          ބްރައުޒާ ސެޓިންގްސް މެދުވެރިކޮށް ކުކީޒް ޑިސޭބަލް ކުރެވިދާނެއެވެ؛ ނަމަވެސް، މީގެ ސަބަބުން ބައެއް ފީޗާތައް ބޭނުންކުރުމަށް ހުރަސް އެޅިދާނެއެވެ.

          6. މަޢުލޫމާތުގެ ރައްކާތެރިކަން

            ހުއްދަނެތި މަޢުލޫމާތަށް އެކްސެސްވުމާއި، ހާމަކުރުމާއި، ބަދަލުކުރުން ނުވަތަ ނައްތާލުމުން އަމިއްލަ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި ނަބާ އިން އެކަށީގެންވާ ފަންނީ އަދި އިންތިޒާމީ ފިޔަވަޅުތައް އަޅައެވެ.

            އެހެންނަމަވެސް، އިންޓަނެޓް މެދުވެރިކޮށް މަޢުލޫމާތު ފޮނުވުމުގެ ނުވަތަ އިލެކްޓްރޯނިކްކޮށް ރައްކާކުރުމުގެ އެއްވެސް ގޮތަކީ ސައްތައިން ސައްތަ ރައްކާތެރި ގޮތެއް ނޫނެވެ. އަދި ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑުމެންނަށް ކަށަވަރެއް ނުކޮށްދެވޭނެއެވެ.

            7. ތިޔަބޭފުޅުންގެ ޙައްޤުތައް

              ތިޔަބޭފުޅުންނަށް އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ:

              އަޅުގަނޑުމެންގެ އަތުގައި ހުރި ތިޔަބޭފުޅުންގެ އަމިއްލަ މަޢުލޫމާތު ބަލައިލުން.

              ތިޔަބޭފުޅުންގެ އަމިއްލަ މަޢުލޫމާތު އިޞްލާޙުކުރުން ނުވަތަ އަޕްޑޭޓްކުރުން.

              ޤާނޫނީ ނުވަތަ ހިންގުމުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ތިޔަބޭފުޅުންގެ އަމިއްލަ މަޢުލޫމާތު ފޮހެލުމަށް އެދުން.

              ދީފައިވާ އިޒުނަ (consent) އަނބުރާ ގެންދިއުން.

              މި ޙައްޤުތަކުގެ ބޭނުން ހިއްޕެވުމަށް، info@naba.mv މެދުވެރިކޮށް އަޅުގަނޑުމެންނާ ގުޅުއްވާށެވެ.

              8. ކުޑަކުދިންގެ ޕްރައިވެސީ

                އަޅުގަނޑުމެންގެ ސައިޓްތަކަކީ 12 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްފައިވާ ސައިޓްތަކެއް ނޫނެވެ. އަޅުގަނޑުމެން ގަސްތުގައި ކުޑަކުދިންގެ އަމިއްލަ މަޢުލޫމާތެއް އެއްނުކުރަމެވެ.
                އަޅުގަނޑުމެންނަށް ނޭނގި ކުޑަކުއްޖެއްގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭނަމަ، އެ މަޢުލޫމާތު ނައްތާލުމަށްޓަކައި އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރ އަށް ގުޅުއްވާށެވެ.

                9. ތާޑް-ޕާޓީ ލިންކްތައް

                  އަޅުގަނޑުމެންގެ ސައިޓްތަކުގައި ބޭރުގެ ވެބްސައިޓްތަކުގެ ލިންކް ހިމެނިދާނެއެވެ. ތާޑް-ޕާޓީ ވެބްސައިޓްތަކުގެ ޕްރައިވެސީ އުސޫލުތަކަށް ނުވަތަ އޭގެ ކޮންޓެންޓަށް ނަބާ އިން ޒިންމާއެއް ނުއުފުލާނެއެވެ. ބޭރުގެ ވެބްސައިޓްތަކަށް ވަނުމަކީ ތިޔަބޭފުޅުން އަމިއްލައަށް ޒިންމާވާންޖެހޭނެ ކަމެކެވެ.

                  10. މި ޕްރައިވެސީ ޕޮލިސީއަށް ގެނެވޭ ބަދަލުތައް

                    ނަބާ އިން ދޭތެރެ ދޭތެރެއިން މި ޕްރައިވެސީ ޕޮލިސީ އަޕްޑޭޓް ކޮށްފާނެއެވެ.
                    ގެނެވޭ ބަދަލުތަކަށް އަމަލުކުރަން ފެށޭނީ އަޅުގަނޑުމެންގެ ސައިޓްތަކުގައި އެކަން ޝާއިޢުކުރާ ވަގުތުން ފެށިގެންނެވެ. އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަށްޓަކައި ދޭތެރެ ދޭތެރެއިން މި ސަފުހާ ބައްލަވާލެއްވުމަށް އިރުޝާދު އަރުވަމެވެ.

                    11. އަޅުގަނޑުމެންނާ ގުޅުއްވުމަށް

                      މި ޕްރައިވެސީ ޕޮލިސީއާ ގުޅޭގޮތުން އެއްވެސް ސުވާލެއް، ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އަޅުގަނޑުމެންނާ ގުޅުއްވާށެވެ:

                      ނަބާ

                      ރެޖިސްޓްރޭޝަން ނަންބަރު: BP152522025

                      ހޮޓްލައިން: 7874447 960+

                      އީމެއިލް: info@naba.mv

                      ވެބްސައިޓްތައް: naba.mv | english.naba.mv

                      މި ޕޮލިސީއަކީ ތިޔަބޭފުޅުންގެ ޓާމްސް އެންޑް ކޮންޑިޝަންސް ފުރިހަމަކޮށްދޭ، އަދި ވެބްސައިޓާއި އެޕްތަކަކީ ގަވާއިދުތަކަށް ފެތޭ ޕްރޮފެޝަނަލް ތަންތަންކަން ކަށަވަރުކޮށްދޭ ޕޮލިސީއެކެވެ.

                      ތިބާ ނުބެލިދާނެ ހަބަރުތައް