އަންގާރަ، 3 ނޮވެންބަރު 2026 ހަވީރު 5:58
ހޫނު ޚަބަރު
ހަބަރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިދަނެގުމާއި ގާޑް މައުންޓްކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

ނަބާނަބާ4 ފަހަރު ބެލިފައި
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިދަނެގުމާއި ގާޑް މައުންޓްކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިދަނެގުމާއި ގާޑް މައުންޓްކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ނޮވެމްބަރު 3 ގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގެ ސަރަޙައްދަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އޮނަރަބަލް ޙަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި ދިދަނެގުމާއި ގާޑް މައުންޓްކުރުމުގެ ޙަރަކާތް ކުރިއަށްގެންދިޔައީ ކަލަރ ޕާޓީގެ ސިފައިންނެވެ. ދިދަނެގުމާއި ގާޑް މައުންޓްކުރުމަށްފަހު، 7 ބަޑީގެ ސަލާމެއް އަރުވައި، ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޚާއްޞަ ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. މީގެއިތުރުން، މި ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއްވެސް ރަސްމިއްޔާތުގައި ކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭކަލުންނާއި، އިސް އޮފިސަރުން އަދި އެކި ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x