”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި މަރުކަޒުތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ނިންމެވުން އިޢުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުން ނަންބަރު 2026/16 މެދުވެރިކޮށެވެ.
މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.
މިއަދު އުފެއްދެވި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް:
މި މަރުކަޒުތައް އުފައްދަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، މި މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ސިޓީތަކުގައި ޖަހާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވާފައިވާ ގޮތުގެ ތަފުޞީލު ލިސްޓުވެސް ވަނީ ހިމަނުއްވާފައެވެ.










