އަންގާރަ، 3 ނޮވެންބަރު 2026 ރޭ 7:05
ހޫނު ޚަބަރު
ހަބަރުދުނިޔެޗައިނާ

ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އަސްކަރީ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ނަބާނަބާ4 ފަހަރު ބެލިފައި
ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އަސްކަރީ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

މާލޭގެ ކަޅުތުއްކަލާކޮށީގައި އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސްއަށް ޚާއްޞަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން (އާރްއީޓީސީ) އާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އަސްކަރީ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ސަރުކާރުން ސިފަކުރާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ. އަދި އާރްއީޓީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޯވް ވެއިޑޮންގއެވެ.

މިނިސްޓްރީ އޮފް ޑިފެންސުން މަޢުލޫމާތު ދެއްވި ގޮތުގައި، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހަވާލުކުރި މި މަޝްރޫޢުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ނަމަވެސް މި މަޝްރޫޢަށް ހިނގާނެ ޖުމްލަ ޚަރަދު ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ހޯމަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، އަސްކަރިއްޔާގެ ޖެނެރަލް އޮފިސަރުންނާއި، މިނިސްޓްރީގެ އިސް ވެރިން އަދި އާރްއީޓީސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އަސްކަރީ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރެއްވުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނު ކުރައްވާފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x