ހުކުރު، 6 ނޮވެންބަރު 2026 މެންދުރު 3:44
ހޫނު ޚަބަރު
ހަބަރުހުކުރު ޚުޠުބާޚުޠުބާދީން

ޞިއްޙަތަކީ މަތިވެރި އަމާނާތެއް، އެއަށް އިހުމާލުވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން: ހުކުރު ޚުޠުބާ

ނަބާނަބާ1 ފަހަރު ބެލިފައި
ޞިއްޙަތަކީ މަތިވެރި އަމާނާތެއް، އެއަށް އިހުމާލުވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން: ހުކުރު ޚުޠުބާ
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި، ގަސްދުގައި ހަށިގަނޑަށް ގެއްލުންދީ ޞިއްޙަތަށް އިހުމާލުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޞިއްޙަތަށް ފަރުވާތެރިވުން" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެހެންކަމުން ހިތުހުރި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި ބޭނުންވާ ޒަރޫރީ ސިއްޙީ ފަރުވާ ދޫކޮށްލުމަކީ ދީނީ ގޮތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫން ކަމަށެވެ. އަދި އެއީ މާތް ﷲ އަށް ކުއްތަންވުމަށާއި، ނަމާދު ޤާއިމުކުރުމާއި، މިސްކިތްތަކަށް ދިޔުމާއި، މައިންބަފައިންނަށް އޯގާތެރިވުމާއި، ޙަލާލު ރިޒުޤު ހޯދުމަށް މަސައްކަތްކުރުން ފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ދެއްވާފައިވާ ފުރުޞަތެއް ކަމުގައި ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ގިނަ ބަޔަކު އެ ދެ ނިޢުމަތަކާ މެދު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުތުކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ފާހަގަކުރައްވައި، ލިބިފައިވާ ޞިއްޙަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ހަށިގަނޑަށް ބާރު ލިބިގަތުމަށްޓަކައި ރަނގަޅު ޙަލާލު ކާބޯތަކެތި ބޭނުންކުރުމަށާއި، ލިބިފައިވާ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮން ކަންތައްތަކެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް ވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x