ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 1:36
ހޫނު ޚަބަރު
ހަބަރު

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ލަންދޫގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

ނަބާނަބާ0 ފަހަރު ބެލިފައި
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ލަންދޫގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނ. ލަންދޫ ކައުންސިލްގެ އިސްނެގުމާއެކު އެ ރަށުގެ މުއައްސަސާތައް ގުޅިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިސްމާޢީލް އަޒްމީ ޢަދުނާނެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، އޮކްޓޫބަރު 15 ވަނަ ދުވަހު "ކާބޯތަކެތި އަޅާ ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ނަމުގައި އެ ރަށުގެ އާންމު ސަރަޙައްދުތަކުގައި ވަނީ ގަސް އިންދައިފައެވެ. މި ޕްރޮގްރާމްގެ ދަށުން މައިގަނޑު ގޮތެއްގައި އިންދާފައިވަނީ ބަނބުކެޔޮ، މިދިލި އަދި އަނބު ގަހެވެ.

މީގެއިތުރުން، މި މުނާސަބަތާ ގުޅުވައިގެން އޮކްޓޫބަރު 16 ވަނަ ދުވަހު ލަންދޫގައި ވަނީ ކާބޯތަކެތީގެ ޚާއްޞަ މައުރަޒެއް ބާއްވައިފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި މައުރަޒުގައި، އަގުއެއްކުރެވިފައިވާ ތަފާތު އުފެއްދުންތައް ދައްކާލާފައިވާއިރު، ވާދަވެރި މިންގަނޑުތަކަކުން ވަނަތައް ހޮވައި، އެންމެ ފާހަގަކޮށްލެވޭ 1 ވަނަ، 2 ވަނަ އަދި 3 ވަނަ އުފެއްދުމަށް ވަނީ އިނާމު ދީފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x