ބުރާސްފަތި، 5 ނޮވެންބަރު 2026 ރޭ 7:08
ހޫނު ޚަބަރު
ހަބަރުމިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އީވީ މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެންވަޔަރަންމަންޓާއި ޓްރާންސްޕޯޓް މިނިސްޓްރީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ނަބާނަބާ1 ފަހަރު ބެލިފައި
އީވީ މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެންވަޔަރަންމަންޓާއި ޓްރާންސްޕޯޓް މިނިސްޓްރީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އިލެކްޓްރިކް ވެހިކަލް (އީވީ) އަދި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދާއިރާއާ ގުޅުންހުރި ފަންނީ މުވައްޒަފުންނަށް، އިލެކްޓްރިކް އުޅަނދުތަކާއި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޚާއްޞަ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ހިންގާ "އިންޓެގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" (އައިލެޓް) މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އީވީތައް ދިގު މުއްދަތަކަށް އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ބޭނުންވާ ދިވެހި ފަންނީ މީހުން ބިނާކުރުމެވެ. މީގެ އިތުރުން، ކުރިމަގުގައި ތަންފީޛުކުރާ މިފަދަ ދެމެހެއްޓެނިވި ދަތުރުފަތުރުގެ މަޝްރޫޢުތަކަށް ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކުރުމަކީވެސް މި އެއްބަސްވުމުގެ އަމާޒެކެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x