ބުރާސްފަތި، 5 ނޮވެންބަރު 2026 ރޭ 7:07
ހޫނު ޚަބަރު
ހަބަރުފަތުރުވެރިކަންދުނިޔެ

ވިއެޓްޖެޓުން ރާއްޖެއާއި ވިއެޓްނާމާ ދެމެދު ދަތުރުތައް ފަށަނީ

ނަބާނަބާ2 ފަހަރު ބެލިފައި
ވިއެޓްޖެޓުން ރާއްޖެއާއި ވިއެޓްނާމާ ދެމެދު ދަތުރުތައް ފަށަނީ
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ވިއެޓްނާމުގެ ބަޖެޓް އެއާލައިން، ވިއެޓްޖެޓުން ކުރިއަށް އޮތް 2026-27 ގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއާއި، ސްރީލަންކާ އަދި އިންޑޮނޭޝިއާއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތަކުގެ ތެރެއިން ވިއެޓްނާމުގެ ވެރިރަށް ހަނޯއީ އާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 9 ފެބުރުވަރީ 2027 ގައެވެ.

ހަނޯއީ އާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯ މަގުން، ހަފުތާއަކު 3 ދުވަހުއެވެ. އެއީ ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކުއެވެ. މި ރޫޓުގެ އިތުރުން ހަނޯއީ އާއި ކޮލަމްބޯއާ ދެމެދުވެސް ހަފުތާއަކު 3 ދުވަހު ސީދާ ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގެ ޓިކެޓް ބުކިންގްސް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މި އާ ދަތުރުތަކާ އެކު، ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް ވަކިން ޓިކެޓް ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ވިއެޓްޖެޓުން މިހާރުވެސް ހޯޗީމިން ސިޓީ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ބާއްވަމުން އަންނައިރު، ކޮލަމްބޯ މަގުން ހޯޗީމިން ސިޓީ އާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށްވެސް އެ އެއާލައިނުން އޮތީ ރާވާފައެވެ.

ދެކުނު އޭޝިއާގެ ނެޓްވޯކް ފުޅާކުރުމުގެ އިތުރުން، އިންޑޮނޭޝިއާގެ ޖަކާޓާއާއި ވިއެޓްނާމުގެ ދަނާންގްއާ ދެމެދު ހަފުތާއަކު 4 ދަތުރު ބޭއްވުމަށްވެސް އެ އެއާލައިނުން ވަނީ ނިންމާފައެވެ. އެ ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވަނީ 20 ޑިސެމްބަރުގައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x