އާދިއްތަ، 1 ނޮވެންބަރު 2026 ހެނދުނު 6:58
ހޫނު ޚަބަރު
ހަބަރުމުޙައްމަދު ނަޝީދުމުނިފޫހިފިލުވުން

ރައީސް ނަޝީދުގެ ކުރުވާހަކަ ފޮތް ”80ގެ ފަހުކޮޅު“ ނެރެފި

ނަބާނަބާ8 ފަހަރު ބެލިފައި
ރައީސް ނަޝީދުގެ ކުރުވާހަކަ ފޮތް '80ގެ ކުރީކޮޅު' ނެރެފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަ ފޮތް "80ގެ ކުރީކޮޅު" ރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައި ނެރެފިއެވެ.

ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ރައީސް ނަޝީދުގެ ބޮޑުދައިތާފުޅު، ގ. ކެނެރީގެ، ޒުހައިރާ ޢުމަރެވެ.

މި ފޮތް ނެރުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ފޮތުގައި ހިމެނޭ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ ފަހުކޮޅާއި 1990ގެ ކުރީކޮޅުގެ ތެރޭގައި ކަމަށެވެ. އަދި އެ ވާހަކަތައް ލިޔުއްވާފައިވަނީ 1994 ވަނަ އަހަރު ޖަލުން ގެއަށް ބަދަލުކޮށް ގޭބަންދުގައި ހުންނެވި ދުވަސްވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މި ވާހަކަތައް ލިޔުނީ 94 ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭ ބަންދަށް ބަދަލުކުރިތަނާ، އެހެންވީމާ ހަމަ ކަށަވަރުން ވެސް ރައީސް ނަޝީދެއް މިއަކު ނޫޅޭ،" އެ ފޮތަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާ ގުޅުވައިގެން ލިޔުއްވި އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ޖުމްލަ ފަސް ވާހަކައެއްގެ މައްޗަށް އެކުލެވޭ މި ފޮތުގައި ހިމެނެނީ "ޗާލާ ޒަމާން"، "ހިތާއި ހިތުގެ ގުޅުން"، "މޫސަބަރު"، "ގައުމީ މަޝްރޫއު" އަދި "ރީތި ހަދިޔާ" އެވެ.

ވާހަކައިގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކަންކަން ފުރޮޅިގެންދާނެ ގޮތް ދެނެގަތުމަށް އެންމެ ރަނގަޅު ވަސީލަތަކީ ވާހަކަ ކަމަށާއި، ޤައުމެއް އަދި ޤައުމިއްޔަތެއް ބިނާވަނީ އެ ޤައުމެއްގައި އެންމެން ހިއްސާވާ ވާހަކައެއް އޮވެގެން ކަމަށެވެ.

ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 250 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ މި ފޮތުގެ އިތުރުން ވެސް ރައީސް ނަޝީދު ވަނީ މީގެ ކުރިން ތާރީޚީ އަދި ސިޔާސީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ގިނަ ފޮތްތަކެއް ނެރުއްވާފައެވެ. އޭގެ ތެރޭގައި "ދަގަނޑު ދަހަނާ"، "ކިއްލާ މާލެ"، "ދެ ރަދުން"، "އެއްބަސްވެވޭ އިންގިލާބު" އަދި "ވެރިއެއްގެ ނިމުން" ހިމެނެއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x