އާދިއްތަ، 8 ނޮވެންބަރު 2026 ރޭ 4:18
ހޫނު ޚަބަރު
ހަބަރުދަރުސްދުނިޔެ

ވިއެޓްނާމަށް ރާއްޖެއިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު މިދްފާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ނަބާނަބާ16 ފަހަރު ބެލިފައި
ވިއެޓްނާމަށް ރާއްޖެއިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު މިދްފާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ދިވެހިރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު މިދްފާ ނަޢީމް، އެ ޤައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ވިއެޓްނާމްގެ ރައީސް ޓޯ ލަމްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސަފީރު މިދްފާ ވިދާޅުވީ، ވިއެޓްނާމްގެ ރައީސް ޓޯ ލަމްއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފަކާއި ޤަދަރެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ވިއެޓްނާމަކީ ޒަމާންވީ އެކުވެރިކަމާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް މިދްފާ ވިދާޅުވިއެވެ. ހަމައެއާއެކު، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ޒިންމާ ޙަވާލުކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވަމުން ސަފީރު މިދްފާ ވިދާޅުވީ، މި ޒިންމާއާ ޙަވާލުވެވަޑައިގަތީ ފަޚުރުވެރިކަމާއެކު ކަމަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މިދްފާ ނަޢީމް ސަފީރުކަމުގެ ފަތްކޮޅު އެރުވުމާ ގުޅިގެން މަރުޙަބާ ދަންނަވަމުން، އެކަމަނާގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވަނީ ހާމަކޮށްފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x