ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 2:45
ހޫނު ޚަބަރު
ހަބަރު

ފައިސާ ދައްކައި 3 އަހަރުވީ 70 އަހަރުން މަތީގެ މީހުން އަންނަ އަހަރު ހައްޖަށް!

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް0 ފަހަރު ބެލިފައި
ފައިސާ ދެއްކިތާ 3 އަހަރުވީ 70 އަހަރުން މަތީގެ އެންމެން އަންނަ އަހަރު ހައްޖަށް
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ހައްޖަށް ދިއުމަށް ފައިސާ ދައްކައިގެން ކިޔޫގައި ތިބޭތާ 3 އަހަރު ވެފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި އަހަރުގެ ހައްޖު ދަތުރުން ފެށިގެން ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މީގެ ކުރިން ހައްޖު ކޯޓާ ދޫކުރުމުގައި އޮތް އުސޫލުގެ ސަބަބުން ގިނަ ފަހަރަށް ފުރުސަތު ލިބެމުން ދިޔައީ އެންމެ ގިނަ ފައިސާ ހުންނަ މީހުންނަށެވެ. އެއީ އަމިއްލަ ގްރޫޕުތަކުން ކޯޓާ ވިއްކަމުން ގެންދިއުމާ ގުޅިގެން ދިމާވި މައްސަލައެއް ނަމަވެސް، މިހާރު އެ އިންތިޒާމު ވަނީ ބަދަލުކޮށް، ކޮންމެ މީހަކަށްވެސް އިންސާފުވެރިކަމާއެކު ކިޔޫގައި ބައިވެރިވެވޭ ގޮތަށް އުސޫލު ހަމަޖައްސާފައެވެ.

މި އައު ނިޒާމުގެ ދަށުން، އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން މަޝްވަރާކުރުމަށްފަހު، މި އަންނަ ހައްޖު ދަތުރުން ފެށިގެން މި ނިންމުން ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހައްޖަށް ދިއުމަށް ފައިސާ ދައްކާތާ 3 އަހަރު ވެފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ އެންމެންނަށް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ބަދަލަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބި އުމުރުން ދުވަސްވީ ވަރަށް ގިނަ ފަރާތްތަކަކަށް ލިބިގެންދާނެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

1 1 ވޯޓު
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x