ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އައި ”ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް“ ހިންގި ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް އަނބުރާ ގެންގޮސް، އެ ތަން ބަންދުކޮށްފިއެވެ.
މިއަދު (2 ނޮވެމްބަރު 2026) އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ތަނުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުވަތަ ޚިދުމަތެއް ނުދެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ އަންގާފައެވެ.
ފުލުހުންނާއި އެޗްޑީސީގެ މުވައްޒަފުން އެ ތަނަށް ގޮސް، ދޮރުތަކުގައި ޗޭނު ޖަހައި ތަޅު އަޅުވައި، ނޯޓިސް ހަރުކުރި މަންޒަރުތައް ތިރީގައިވާ ފޮޓޯތަކުން ފެނިގެންދެއެވެ.

ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ބަންދުކުރުމަށް އެޗްޑީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ: ކުލި ނުދައްކައިގެން އެއްބަސްވުން ވަނީ ބާތިލުކޮށްފައި.

ފުލުހުންނާއި އެޗްޑީސީގެ އޮފިޝަލުން ރިވެލި ރެސްޓޯރެންޓްގެ މައި ދޮރު ކުރިމަތީގައި ހަރަކާތްތެރިވަނީ

އެޗްޑީސީގެ ބެލުމުގެ ދަށަށް ބިން ނެގުމަށްފަހު، އެ ތަނުގައި ހަރަކާތްތެރިވި އޮފިޝަލަކު ތަނުގެ މައި ދޮރުގެ ފޮޓޯ ނަގަނީ.

ރިވެލި ބޯޑު ކައިރީގައި ހަރުކޮށްފައިވާ އެޗްޑީސީގެ ރަސްމީ ނޯޓިސް: ހުއްދަނެތި އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް ވަނީ އަންގާފައި.

ރިވެލި ރެސްޓޯރެންޓްގެ މައި ދޮރުގައި ޗޭނު ޖަހައި ތަޅު އަޅުވާފައި: ބޭރުގައި ވަނީ އެޗްޑީސީގެ ބެލުމުގެ ދަށަށް ބިން ނެގިކަމުގެ އިއުލާން ތަތްކޮށްފައި.









