އާދިއްތަ، 8 ނޮވެންބަރު 2026 ރޭ 4:18
ހޫނު ޚަބަރު
ހަބަރުކުޅިވަރުފުޓްބޯޅަދުނިޔެޗައިނާ

ސީއެފްއޭ މުބާރާތުގައި 7-0 އިން ހޮންކޮންގ ބަލިކޮށް ރާއްޖެއިން ބޮޑު މޮޅެއް ހޯދައިފި

ނަބާނަބާ12 ފަހަރު ބެލިފައި
ސީއެފްއޭ މުބާރާތުގައި 7-0 އިން ހޮންކޮންގ ބަލިކޮށް ރާއްޖެއިން ބޮޑު މޮޅެއް ހޯދައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ޗައިނާގެ ޔިންޗުއާންގައި މިހާރު ކުރިއަށްދާ ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ކުޅުނު ދެވަނަ މެޗުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޮންކޮންގ ބަލިކޮށް، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މޮޅެއް ހޯދައިފިއެވެ. ޗައިނީސް ފުޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެއިން ވަނީ އަލުން މުބާރާތުގެ އުއްމީދު އާކޮށްފައެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، ތިން ކުޅުންތެރިއަކު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އެއީ އިޝާން އިބްރާހީމް (ސަންޓު)، އަހްމަދު ސާދު އަދި ޝަނާން ރަޝާދެވެ. މީގެ އިތުރުން ރާއްޖޭގެ ހަތްވަނަ ލަނޑަކީ ހޮންކޮންގގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު، 9 ނޮވެމްބަރު 2026 ގައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x