އާދިއްތަ، 8 ނޮވެންބަރު 2026 ރޭ 4:29
ހޫނު ޚަބަރު
ހަބަރުދުނިޔެ

ބަޖެޓް 2027: ރާއްޖެއަށް އެންމެ ބޮޑު ހިލޭ އެހީއެއް ދޭނީ އިންޑިއާ އަދި ސައުދީ އަރަބިއްޔާއިން

ނަބާނަބާ24 ފަހަރު ބެލިފައި
ބަޖެޓް 2027: ރާއްޖެއަށް އެންމެ ބޮޑު ހިލޭ އެހީއެއް ދޭނީ އިންޑިއާ އަދި ސައުދީ އަރަބިއްޔާއިން
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

އަންނަ އަހަރު ރާއްޖެއަށް ބޭރުގެ ގައުމުތަކުން ދޭ ހިލޭ އެހީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާނެ ކަމަށް ލަފާކުރެވެނީ އިންޑިއާ އަދި ސައުދީ އަރަބިއްޔާއިން ކަމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ދައްކައިފިއެވެ.

ބަޖެޓް އަންދާޒާތަކުން ދައްކާ ގޮތުގައި، 2027 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 334.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން 235.8 މިލިއަން ރުފިޔާއަކީ މަލްޓިލެޓަރަލް ޖަމްއިއްޔާތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ އެހީއެވެ. އަދި އދ. ގެ އެކި އިދާރާތަކުން 38.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ބޭރުގެ ގައުމުތަކުން ސީދާ ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ 55.4 މިލިއަން ރުފިޔާއެވެ.

ވަކިވަކި ގައުމުތަކުން ދޭ އެހީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ދޭނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 26.8 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އެހީއެއް ދޭނީ ސައުދީ އަރަބިއްޔާއިން ކަމަށްވާއިރު، އެ ގައުމުން 23.1 މިލިއަން ރުފިޔާ ދޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ހިނގަމުންދާ 2026 ވަނަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ދީފައިވަނީ މި ދެ ގައުމުންނެވެ. ބަޖެޓްގެ އަންދާޒާތައް ދައްކާ ގޮތުން 2026 ވަނަ އަހަރު ނިމޭއިރު ގައުމުތަކުން ދޭ ހިލޭ އެހީގެ ޖުމްލަ އަދަދު 365.6 މިލިއަން ރުފިޔާއަށް އަރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާއިން ދިން 255.4 މިލިއަން ރުފިޔާ އަދި އިންޑިއާއިން ދިން 105.7 މިލިއަން ރުފިޔާއެވެ.

މިއަހަރާ އަޅާބަލާއިރު އަންނަ އަހަރު ބޭރު ގައުމުތަކުން ދޭ ހިލޭ އެހީ ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ލިބޭ ޖުމްލަ އެހީގެ ބޮޑުބައި ހިއްސާކުރާނީ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުންނެވެ.

ސައުދީ އަރަބިއްޔާ އާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ދެ ބައިވެރިންނެވެ. މި ދެ ގައުމުގެ އެހީތެރިކަން ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން މުޖުތަމައުގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް މެދުނުކެނޑި ލިބެމުންދެއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x