ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 1:13
ހޫނު ޚަބަރު
ޓެކްނޮލޮޖީ

ދުނިޔޭގެ އިންވެސްޓަރުން ޗައިނާގެ އޭއައި އަށް މިސްރާބު ޖަހައިފި

ނަބާނަބާ0 ފަހަރު ބެލިފައި
ދުނިޔޭގެ އިންވެސްޓަރުން ޗައިނާގެ އޭއައި އަށް މިސްރާބު ޖަހައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އެމެރިކާގެ ވޯލް ސްޓްރީޓްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އަގުތައް އިންތިހާއަށް އުފުލި، ’ސްޕެކިއުލޭޓިވް ބަބުލް‘ އެއް އުފެދިދާނެ ކަމުގެ ބިރު ބޮޑުވަމުންދާތީ، ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ޗައިނާގެ އޭއައި ކުންފުނިތަކަށް އިންވެސްޓްކުރާ މިންވަރު އިތުރުކުރަން ފަށައިފިއެވެ. މި ބަދަލާއެކު އިންވެސްޓަރުން އުންމީދު ކުރަނީ ޗައިނާގެ ’ޑީޕްސީކް‘ ފަދަ ކުރިއަރަމުން އަންނަ ކުންފުނިތަކުން ބޮޑު ފައިދާއެއް ހޯދުމަށެވެ.

ޗައިނާގެ އޭއައި ދާއިރާއަށް އޮތް ޑިމާންޑް އިތުރުވަމުންދަނީ ޓެކްނޮލޮޖީގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބެއިޖިންގްއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. މިގޮތުން، ’ޗައިނާގެ އެންވީޑިއާ‘ ގެ ނަމުން މަޝްހޫރުވެފައިވާ މޫރ ތްރެޑްސް އާއި މެޓާ-އެކްސް ފަދަ ޗިޕް އުފައްދާ ކުންފުނިތައް މި މަހު ވަނީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައެވެ.

އެމެރިކާއާ ދެމެދު އޮތް ފަރަގު ކުޑަވުން

އިނގިރޭސިވިލާތުގެ އެސެޓް މެނޭޖަރެއް ކަމަށްވާ ރަފާ އިން ހާމަކުރި ގޮތުގައި، އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކަށް (މެގްނިފިސެންޓް ސެވަން) އޮތް އެކްސްޕޯޝަރ މަދުކޮށް، ޗައިނާގެ އަލީބާބާ ފަދަ ކުންފުނިތަކަށް އިންވެސްޓްމަންޓްތައް ދަނީ ބަދަލުކުރަމުންނެވެ. ރަފާގެ އިންވެސްޓްމަންޓް ސްޕެޝަލިސްޓް ޖެމާ ކެއާންސް-ސްމިތް ވިދާޅުވީ، އޭއައިގެ ރޭހުގައި އެމެރިކާ ކުރީގައި އޮތް ނަމަވެސް، ޗައިނާއިން އެ ފަރަގު ވަރަށް ހަލުވިކަމާއެކު ކުޑަކުރަމުންދާ ކަމަށެވެ.

ޔޫބީއެސް ގްލޯބަލް ވެލްތް މެނޭޖްމަންޓުން މި މަހު ނެރުނު ރިޕޯޓެއްގައި ޗައިނާގެ ޓެކްނޮލޮޖީ ދާއިރާއަކީ އިންވެސްޓްކުރަން އެންމެ ރަނގަޅު ދާއިރާގެ ގޮތުގައި ވަނީ ރޭޓްކޮށްފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޗައިނާ ސަރުކާރުގެ ވަރުގަދަ ސިޔާސަތުތަކާއި، އަމިއްލަ އުފެއްދުންތެރިކަން އިތުރުވުން ހިމެނެއެވެ.

އަގުތަކުގެ ތަފާތު

އެމެރިކާގެ ނަސްޑެކް އިންޑެކްސްގެ އަގުތައް މިހާރު ހުރީ އާމްދަނީގެ 31 ގުނައިގައެވެ. ނަމަވެސް ހޮންކޮންގްގެ ހޭންގް ސެންގް ޓެކް އިންޑެކްސް ހުރީ 24 ގުނައިގައެވެ. މިއީ އިންވެސްޓަރުންނަށް އަގުހެޔޮކޮށް ޗައިނާގެ ބައިދޫ، ޓެންސެންޓް އަދި އެސްއެމްއައިސީ ފަދަ ކުންފުނިތަކަށް އިންވެސްޓްކުރުމަށް ލިބޭ ފުރުސަތެކެވެ.

މި ބަދަލާއެކު، އެމެރިކާގެ އިންވެސްޓްމަންޓް އެޑްވައިޒަރެއް ކަމަށްވާ ރޭލިއަންޓް އިން ވަނީ ގޫގުލް، މެޓާ އަދި އޯޕަން އޭއައި ފަދަ ކުންފުނިތަކުގެ ޗައިނާ ވަރޝަންތަކަށް އިންވެސްޓް ކުރެވޭނެ ފަންޑެއް ނަސްޑެކްގައި ލޯންޗުކޮށްފައެވެ. މިއީ ޗައިނާގެ އޭއައި ޓެކްނޮލޮޖީއަށް ދުނިޔޭގެ ބާޒާރުގައި އޮތް އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x