ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 10:58
ހޫނު ޚަބަރު
ހަބަރުމޯލްޑިވްސް އެކްސްޕޯމޯލްޑިވްސް އެކްސްޕޯ 2026

ރައީސުލްޖުމްހޫރިއްޔާ، ”މޯލްޑިވްސް އެކްސްޕޯ 2026“ އިފްތިތާޙުކޮށްދެއްވައިފި

ނަބާނަބާ0 ފަހަރު ބެލިފައި
ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާޙުކޮށްދެއްވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ، ދިވެހިރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މައުރަޒު އިފްތިތާޙުކޮށްދެއްވީ މިކަމަށް ޚާއްޞަކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މައުރަޒަކީ، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ މިފަދަ އެންމެ ފުޅާ ހަރަކާތެވެ. އެގޮތުން މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މައުރަޒުގައި މިއަހަރު 430 ފަރާތަކުން ބައިވެރިވެފައިވާއިރު، 4،400 އަށްވުރެ ގިނަ އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. އަދި މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް ވަނީ 5 އިން 7 އަށް އިތުރުކޮށްފައެވެ.

މިއަހަރުގެ މައުރަޒުގައި އަލަށް ތަޢާރަފުކުރި "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް"ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މީގެ އިތުރުން އަލަށް ޤާއިމުކުރި "އިންޓަނޭޝަނަލް ޑިސްޓްރިކްޓް" ޚާއްޞަކޮށްފައިވަނީ ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓްތައް ޤާއިމުކޮށްފައިވާ އަދި އެފަދަ އެއްބަސްވުންތައް ހެދުމުގެ މަސައްކަތްކުރަމުންދާ ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށެވެ. މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ސިންދަފާތު އިޤްތިޞާދެއް އޮތް ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރު ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މުޅި ސެންޓްރަލް ޕާކު ހިމެނޭހެން ކުރިއަށްގެންދާ މި އެކްސްޕޯ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އޮކްޓޫބަރު 26 އަދި 27 ގެ ރޭވެސް މައުރަޒުގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒުގެ އެކި ދާއިރާތަކުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮކްޓޫބަރު 24 ވީ ހޮނިހިރު ދުވަހުގެރޭގައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x