ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 11:55
ހޫނު ޚަބަރު
ހަބަރުސިޔާސީ ހަބަރު

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ޕްރައިމަރީއަށް؛ ރަނިންމޭޓަކީ މޭޔަރު އާޒިމް

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް1 ފަހަރު ބެލިފައި
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ޕްރައިމަރީއަށް؛ ރަނިންމޭޓަކީ މޭޔަރު އާޒިމް
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. ފައިސަލް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރާއްޖެޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ޢާންމު މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި މި ނިންމެވުމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބޮޑު އެއްބާރުލުމަކާއި ތާއީދެއް ލިބިވަޑައިގަތުމަކީ ކުރިއަށް އޮތް ދަތުރުގައި ލިބުނު ވަރަށް މުހިންމު ހިތްވަރެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ ޕްރައިމަރީގައި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވާނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. ރަނިންމޭޓެއްގެ ގޮތުގައި ފައިސަލްއާއެކު ނުކުންނަވަން ނިންމެވި ސަބަބު ބަޔާންކުރައްވަމުން އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ދައުރެއްގައި އެމްޑީޕީގެ ސަރުކާރެއް އެކުލަވާލާއިރު ރައީސް އަދި ނައިބު ރައީސަކީ ވެސް އެ ޕާޓީގެ އަސްލު މެންބަރުންނަށް ވުމަކީ ޕާޓީގެ ޢާންމު މެންބަރުން އެދޭ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ފައިސަލް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި، ނައިބު ރައީސްގެ ޒިންމާ ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް އާޒިމް ވިދާޅުވިއެވެ.

ޕްރައިމަރީގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އެތެރޭގެ އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް، ޕާޓީގެ ޓިކެޓް ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދިނުމަށްޓަކައި ޢަމަލީ ގޮތުން އެންމެ އިސް ސަފުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ފައިސަލް ނަސީމްގެ އިތުރުން މިއަދާ ހަމައަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވަނީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޝަމްހީދެވެ. މިއާއެކު އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ބޭފުޅުންގެ ޢަދަދު މިހާރު ވަނީ 4 އަށް އަރާފައެވެ.

4 1 ވޯޓު
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x