ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 12:25
ހޫނު ޚަބަރު
ހަބަރުފުލުހުން

ސިނަމާލެ ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް އަނިޔާވި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން 5 ދުވަހަށް ބަންދުކޮށްފި

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް2 ފަހަރު ބެލިފައި
ސިނަމާލެ ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް އަނިޔާވި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން 5 ދުވަހަށް ބަންދުކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއި ކ. ގާފަރު، މަލަ، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. މި މީހުންގެ ތެރެއިން ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. އަދި އަޙްމަދު ސިނާޒް އަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހަތަރު މީހުންގެ ޔޫރިންގެ ވަގުތީ ނަތީޖާއިން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. އެ ވަގުތު ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ޗެކްޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.

މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x