ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 11:56
ހޫނު ޚަބަރު
ހަބަރުފަތުރުވެރިކަންދުނިޔެތިމާވެށި

ފުވައްމުލަކުގެ ފަރުތަކުގައި ހަރުކުރި ކެމެރާތަކުން %95 ދުވަހު މިޔަރާއި މަޑި ރެކޯޑުކޮށްފި

ނަބާނަބާ6 ފަހަރު ބެލިފައި
ފުވައްމުލަކުގެ ފަރުތަކުގައި ހަރުކުރި ކެމެރާތަކުން ދުވަހު މިޔަރާއި މަޑި ރެކޯޑުކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިޔަރާއި މަޑީގެ އާބާދީ ދަށަށް ދަމުންދާ ދަނޑިވަޅެއްގައި، ފުވައްމުލަކުގެ ތިލަ ފަރުތަކުގައި ހަރުކުރި ކެމެރާތަކުން ބެލި ބެލުމުގައި %95 ދުވަހު މިޔަރާއި މަޑި ރެކޯޑުކުރެވިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މަންތާ ޓްރަސްޓާއި ޔުނިވަރސިޓީ އޮފް ވިކްޓޯރިއާ ގުޅިގެން ފުވައްމުލަކުގެ ތިން ސަރަޙައްދެއްގެ ތިލަ ފަރުތަކުގައި ޓައިމްލެޕްސް ކެމެރާ ހަރުކޮށްގެން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ދުވާލުގެ ވަގުތުތަކުގައި ނަގާފައިވާ 1.6 މިލިއަން ފޮޓޯ ތަޙުލީލުކޮށްފައިވެއެވެ.

މި ތަޙުލީލުތަކުން ދެއްކި ގޮތުގައި، ދުވާލުގެ ވަގުތުތަކުގެ %72 ގަޑިއިރުގެ ތެރޭގައި މިޔަރާއި މަޑި ފެނިފައިވެއެވެ. މީގެ އިތުރުން ޖުމްލަ 11 ބާވަތެއްގެ މިޔަރާއި މަޑި ރެކޯޑުކުރެވިފައިވާއިރު، އެންމެ ގިނައިން މިޔަރު ފެނިފައިވަނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަޙައްދުތަކުންނެވެ.

ފުވައްމުލަކު ފަދަ ރަނގަޅަށް ބަލަހައްޓާ ފަރުތަކަކީ މިޔަރާއި މަޑީގެ އާބާދީއަށް ދިރުން ގެނެސްދެވިދާނެ ތަންތަންކަން މި ދިރާސާއިން ސާބިތުވެއެވެ. މިފަދަ ސަރަޙައްދުތައް ރައްކާތެރިކުރުމަކީ ކުރިމަގުގެ ޖީލުތަކަށް މި ދިރުންތައް ދެމެހެއްޓުމުގެ އިތުރުން، ރަށްރަށުގެ ޢާއިލާތަކުން ބަރޯސާވާ މަސްވެރިކަމާއި ޑައިވިންގ އަދި ފަތުރުވެރިކަމުގެ ވަޒީފާތައް ދެމެހެއްޓުމަށްވެސް މުހިންމު ކަމެކެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x