ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 12:25
ހޫނު ޚަބަރު
ހަބަރުސިޔާސީ ހަބަރު

ގޭތެރޭގެ މަސައްކަތްތަކަށް އަންހެނުންނަށް ޕެންޝަން ލިބޭނެ ނިޒާމެއް ގެންނަންޖެހޭ: ފައްޔާޒް

ނަބާނަބާ3 ފަހަރު ބެލިފައި
ގޭތެރޭގެ މަސައްކަތްތަކަށް އަންހެނުންނަށް ޕެންޝަން ލިބޭނެ ނިޒާމެއް ގެންނަންޖެހޭ: ފައްޔާޒް
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އަންހެނުން ގޭތެރޭގައި ކުރާ މަސައްކަތަކީ އިޤްތިޞާދީ އަގެއް ހުރި މަސައްކަތްތަކެއް ކަމަށާއި، އެ މަސައްކަތްތައް އަގުމަގުކޮށް އަންހެނުންނަށް ޕެންޝަނެއް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އައްޑޫ މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން މި މަހުގެ 22 ވަނަ ދުވަހު ބޭއްވި "ސިޔާސަތު ވޯކްޝޮޕް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ އަންހެނުން ކަމަށްވާއިރު، މުޖުތަމަޢު ބާރުވެރިކުރެވޭނީ އަންހެނުންގެ ޙާލަތު ރަނގަޅުކޮށްގެން ކަމަށެވެ. އަދި ޒަމާނުއްސުރެ ފިރިހެނުންގެ ނުފޫޒު ގަދަ މުޖުތަމަޢެއްގައި، އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްޞަކުރުމުން އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ގޭތެރޭގައި އަންހެނުން ކުރާ ބުރަ މަސައްކަތާއި ދަރިން ބަލާ ބޮޑުކުރުމަކީ މުޅި މުޖުތަމަޢަށް އޭގެ ފައިދާ ކުރާ އަގުހުރި ޚިދުމަތެއް ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ފިރިމީހާ ނުވަތަ ދައުލަތުން ލާރި ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ޒަވާޖީ ޙަޔާތުގައި ފިރިމީހާގެ ވިޔަފާރިއާއި ކުރިއެރުމުގައި އަނބިމީހާ އެތައް ޤުރުބާނީއެއް ވުމަށްފަހު، ދޮށީ އުމުރަށް އެޅުމުން ވަރިކޮށްލާ ހިސާބުން އަންހެން މީހާ ހާލުގައި ޖެހޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. ވަޒީފާއެއް އަދާނުކުރާތީ އެފަދަ އަންހެނުންނަށް ޕެންޝަނެއް ނުވަތަ އެއްވެސް މާލީ ރައްކާތެރިކަމެއް ނޯންނަކަމީ ޙައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިފަދަ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށް ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވައި، ގޭގައި މަސައްކަތްކުރާ އަންހެނުންނަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x