ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީއެފްއޭ އިންޓަނޭޝަނަލް މެންސް ފުޓްސަލް ޓޯނަމެންޓުގައި ވާދަކުރުމަށް، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިއެވެ. ޓީމު ފުރުމުގެ ކުރިން ކުޅިވަރާ ބެހޭ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހީމް ވަނީ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ޗައިނާގެ ޔިންޗުއާންގައި މި މަހުގެ 4 އިން 9 އަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސްކޮޑު ފުރާފައިވަނީ 2 ނޮވެމްބަރު 2026 ގައެވެ. މި ދަތުރާއި ވާދަވެރި މެޗުތަކަކީ ޖެނުއަރީ 2027 ގައި އޮންނަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.
ހެޑް ކޯޗު ފަރޫޚް ޒަކީރޯވްގެ އިރުޝާދުގެ ދަށުން، ކެޕްޓަން މުހައްމަދު އިމްރާންގެ ލީޑަޝިޕާއެކު މި މުބާރާތަށް ދިޔަ 14 ކުޅުންތެރިންގެ ސްކޮޑުން އިރުމަތީ އޭޝިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭނެއެވެ. އެގޮތުން ރާއްޖެ ކުޅޭ މެޗުތަކުގެ ތާވަލަކީ:
5 ނޮވެމްބަރު: ދެކުނު ކޮރެއާ – ދިވެހިރާއްޖެ
7 ނޮވެމްބަރު: ހޮންކޮންގ – ދިވެހިރާއްޖެ
9 ނޮވެމްބަރު: ޗައިނާ – ދިވެހިރާއްޖެ
މި މުބާރާތަކީ މިހާރުގެ ސާފް ފުޓްސަލް ޗެމްޕިއަނުންގެ ގޮތުގައި އޮތް ރާއްޖޭގެ ޓީމަށް، ސަރަހައްދީ ކާމިޔާބީ އޭޝިއާގެ ފެންވަރަށް ގެންދިއުމަށް ބައިނަލްއަގުވާމީ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ފުރުސަތެކެވެ.
ސީއެފްއޭ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި
ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީއެފްއޭ އިންޓަނޭޝަނަލް މެންސް ފުޓްސަލް ޓޯނަމެންޓުގައި ވާދަކުރުމަށް، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް…

ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް








