ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 11:58
ހޫނު ޚަބަރު
ހަބަރުމިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީތިމާވެށި

15 މެގަވޮޓުގެ ސޯލާ އަދި ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ނަބާނަބާ16 ފަހަރު ބެލިފައި
15 މެގަވޮޓުގެ ސޯލާ އަދި ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
2 ރިއެކްޝަންތައް

ރާއްޖޭގައި އަލަށް ގާއިމުކުރާ ހުރިހާ ސޯލާ ނިޒާމުތަކެއްވެސް ބެޓަރީ އެނާޖީ ސްޓޯރޭޖާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައިވަނިކޮށް، 15 މެގަވޮޓުގެ ސޯލާ ޕީވީ އަދި 15 މެގަވޮޓް އަވަރގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ޗައިނާގެ ޒެޖިއަންގް ޗިންގްތިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދު މިއަދު ސޮއިކުރެވުނު ފަހުމުނާމާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރު އެވެ. އަދި ޒެޖިއަންގް ޗިންގްތިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ. މި އެއްބަސްވުމަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ، ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ބޭއްވި "އަހާ" ފޯރަމުގައި، ކުރިއަށް އޮތް ތަނުގައި ސޯލާ މަޝްރޫއުތައް ކުރިއަށް ގެންދާނީ ބެޓަރީ ސިސްޓަމްތަކާއެކު ކަމަށާއި، ބެޓަރީ ނުލައި އިތުރު ސިސްޓަމްތައް ޖަހަން ދޫނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވެފައި ވަނިކޮށެވެ.

ރޭގެ ފޯރަމުގައި އާންމު ރައްޔިތަކު ވަނީ "މަގޭ ސޯލާ" މަޝްރޫއުގެ ދަށުން އަމިއްލަ ގޭގެއަށާއި ވިޔަފާރިތަކަށް ސޯލާ ހަރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކޮންމެ ރަށަކަށް ވަކި ކޯޓާއެއް ކަނޑައަޅައިގެން އިޔާދަކުރަނިވި ހަކަތަ އުފެއްދުން ކޮންޓްރޯލް ކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި ސޯލާ ހަކަތައަށް 30 އިންސައްތައިގެ ކޯޓާއެއް ކަނޑައަޅާފައިވަނީ ސަރުކާރުން ގަސްދުގައި ކޯޓާ ހިފަހައްޓަން ބޭނުންވެގެން ނޫން ކަމަށާއި، އެއީ ޓެކްނިކަލް ގޮތުން ކަރަންޓު ކެނޑި "ބްލެކްއައުޓް" އަކަށް ދިޔަނުދީ ހިފަހައްޓަންޖެހޭ މިންގަނޑެއް ކަމަށެވެ. ސޯލާ ނިޒާމުތަކަކީ އަވީގެ މިންވަރަށް ބަލައިގެން ކަރަންޓު އުފައްދާ ނިޒާމުތަކަކަށް ވާތީ، ވިލާގަނޑެއް އެޅުމުން ނުވަތަ ވިއްސާރަވުމުން ސޯލާއިން އުފައްދާ ކަރަންޓު ކުއްލިއަކަށް ދަށްވެގެންދާ ހިނދު، ކަރަންޓު ނުކެނޑި ސްޕްލިޓް ސެކަންޑެއްގެ ތެރޭގައި ޖަނަރޭޓަރުތަކުން އެ ބައި ފޫބައްދައިދެވޭނެ ވަރަށް "ބަފަރ" އެއް ބަހައްޓަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ހުރި ގްރިޑްތައް އަޕްގްރޭޑްކޮށް ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރެވެމުންދާ ވަރަކަށް އެ ބަފަރ ބޮޑުކުރެވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން، ކުއްލިއަކަށް އަންނަ ޝޮކްތަކުގައި ބެޓެރިތަކުން ގްރިޑަށް ކަރަންޓު ފޯރުކޮށްދީ، ޖަނަރޭޓަރުތަކަށް ލޯޑު ނަގައި ހަމައަކަށް އެޅެން ވަގުތު ލިބިގެންދާނެއެވެ. އަދި މި ބަދަލާއެކު "މަގޭ ސޯލާ" މަޝްރޫއުގެ ދަށުން އާންމު ގޭގެއަށާއި ވިޔަފާރިތަކަށް މިހާރަށްވުރެ ބޮޑަށް ކޯޓާ އިތުރުކޮށްދެވި، ސޯލާ ބޭނުންކުރެވޭ މިންވަރު ފުޅާވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x