ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 2:22
ހޫނު ޚަބަރު
ހަބަރު

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި

ނަބާނަބާ5 ފަހަރު ބެލިފައި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ރަސްދޫގެ ހަ މީހަކާއި، އެހެން ރަށްރަށުގެ ދެ މީހެއްގެ އިތުރުން ބިދޭސީއެކެވެ. އެގޮތުން ހައްޔަރުކުރި މީހުންނަކީ:

މުޙައްމަދު ޢުލްވާން ރަޝީދު (21އ)، ލިލީމީޑް / އއ. ރަސްދޫ

އަޙްމަދު ޢަރީފު (37އ)، ގުލްދަސްތާގެ / އއ. ރަސްދޫ

އިބްރާހީމް ދިނާން (30އ)، ހަވާމަންޒިލް / އއ. ރަސްދޫ

އަޙްމަދު އިކުލީލް (37އ)، ފެހިވިނަ / އއ. ރަސްދޫ

އަޙްމަދު މުޙައްމަދު (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ

ޢަލީ ވަސީމް (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ

ލީނާ މޫސާ (23އ)، ވިދުވަރުގެ / ހދ. ކުމުންދޫ

ރިމާޒު މުޙައްމަދު (29އ)، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ

މެހެދީ ހަސަން (27އ)، ބަންގްލަދޭޝް

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު އިކުލީލް 7 ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ލީނާ މޫސާގެ ބަންދަށް ދީފައިވަނީ 3 ދުވަހެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x