ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 10:58
ހޫނު ޚަބަރު
ހަބަރުމިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ

ވޮލަންޓަރީ ކައުންސިލިންގ އެންޑް ޓެސްޓިންގ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ނަބާނަބާ8 ފަހަރު ބެލިފައި
ވޮލަންޓަރީ ކައުންސިލިންގ އެންޑް ޓެސްޓިންގ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

އެޗް.އައި.ވީ އަށް އަމިއްލައަށް އެދިގެން ޓެސްޓްކުރުމާއި ކައުންސިލިންގ ދިނުމާ ގުޅޭގޮތުން ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "ވޮލަންޓަރީ ކައުންސިލިންގ އެންޑް ޓެސްޓިންގ" (ވީ.ސީ.ޓީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކ. ތުލުސްދޫގައި އޮކްޓޫބަރު 13 އިން 17 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ޑޮކްޓަރުންނާއި، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުން ހިމެނޭހެން ޖުމްލަ 27 ސިއްޙީ ޚިދުމަތްތެރިން ބައިވެރިވިއެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޓެސްޓު ކުރުމުގެ ކުރިންނާއި ޓެސްޓަށްފަހު ފައިދާހުރި ގޮތެއްގައި ކައުންސިލިންގ ދިނުމާއި، އެކަށީގެންވާ ގޮތެއްގައި އެޗް.އައި.ވީ ޓެސްޓު ކުރުމާއި، ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން ބަޔާންކޮށްދިނުމެވެ. މީގެ އިތުރުން ފަރުވާއާއި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތަކާ މީހުން ގުޅުވައިދިނުމަށް ބޭނުންވާ ޢިލްމާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ގީލާ ޢަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މަންދޫބު މިސް ޕޭޑަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x