ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު (ހ. ރަބީޢީމަންޒިލް / މާލެ، 64އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ 2 ނޮވެމްބަރު 2026 ގެ ރޭގަނޑު 21:59 ހާއިރު، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމުގެ ކުރިން، ޢަބްދުﷲ ޝާހިދު ‘އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










