ހޮނިހިރު، 31 އޮކްޓޫބަރު 2026 ހަވީރު 4:13
ހޫނު ޚަބަރު
ހަބަރުސްޓެލްކޯ

ފުވައްމުލަކު ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް: އެމްޑީ އަޒުވަރު އިސްވެ ޙާލަތު ބައްލަވާލައްވައިފި

ނަބާނަބާ3 ފަހަރު ބެލިފައި
ފުވައްމުލަކު ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް: އެމްޑީ އަޒުވަރު އިސްވެ ޙާލަތު ބައްލަވާލައްވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންއައި ރަށްތަކުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ފުވައްމުލައް ސިޓީގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އިސް ވެރިންގެ ވަފުދެއް ވަނީ މި އޮކްޓޫބަރު މަހުގެ 18 ވީ ދުވަހު އެ ސިޓީއަށް ޒިޔާރަތްކުރައްވާފައެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވުމަށް ކުރައްވާ މި ދަތުރުފުޅުގައި، ސްޓެލްކޯގެ އިސްވެރިން ވަނީ އެ ސިޓީގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެއާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ޓެކްނިކަލް ޓީމާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ޒިޔާރަތުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ އެ ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނާ އެ ރޭ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު އަދި ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ސުލޫކު ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، ކުންފުނީގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x