ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ 14 އޮކްޓޫބަރު 2026 ގެ އިރުއޮއްސި 18:00 އިން ފެށިގެން 15 އޮކްޓޫބަރު 2026 ގެ މެންދަމު 00:00 ގެ ނިޔަލަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންނާއި ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ.










