ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 12:52
ހޫނު ޚަބަރު
ހަބަރުމޯލްޑިވްސް އެކްސްޕޯމޯލްޑިވްސް އެކްސްޕޯ 2026ސިޔާސީ ހަބަރު

2030 ގެ ނިޔަލަށް ކްރިއޭޓިވް އިކޮނޮމީ %15 އަށް އިތުރުކުރުމަކީ ރައީސްގެ ތަސައްވުރެއް: މިނިސްޓަރ ސަޢީދު

ނަބާނަބާ3 ފަހަރު ބެލިފައި
2030 ގެ ނިޔަލަށް ކްރިއޭޓިވް އިކޮނޮމީ އަށް އިތުރުކުރުމަކީ ރައީސްގެ ތަސައްވުރެއް: މިނިސްޓަރ ސަޢީދު
ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް

ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިޤުތިޞާދުގެ 15 އިންސައްތަ ކްރިއޭޓިވް އިކޮނޮމީއަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ބިޒްނަސް އެކްސްޕޯ 2026" ގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި އިޤުތިޞާދުގެ މައިބަދައަކީ އުފެއްދުންތެރި ދިވެހި ރައްޔިތުންނެވެ. ވަކިން ޚާއްޞަކޮށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގެ ދައުރު މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބިނާކުރަނިވި ޚިޔާލުތަކާއެކު އަމިއްލަ ނަފާވެރިކަމަކަށް މަސައްކަތްކުރާ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖުމްލަ އިޤުތިޞާދުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް "ކްރިއޭޓިވް އިކޮނޮމީ" ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x