ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 1:56
ހޫނު ޚަބަރު
ހަބަރު

ދައުލަތުގެ އިދާރާތަކުގެ ޑިރެކްޓަރީ ވެބްސައިޓް ރައީސް އޮފީހުން ލޯންޗުކޮށްފި

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް0 ފަހަރު ބެލިފައި
ސަރުކާރުގެ ޚިދުމާތު މަރުކަޒު
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެކަމަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފިއެވެ.

މި ޑިރެކުޓަރީއަކީ ”މޯލްޑިވްސް 2.0“ ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރި ޑިރެކުޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ މައުލޫމާތު ހިމެނޭ މި ޚާއްޞަ ވެބްސައިޓުގެ އެޑްރެހަކީ directory.presidency.gov.mv އެވެ.

މި ޑިރެކުޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، އޭގައި ހިމެނޭ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން އެންގުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން، މުއައްސަސާގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، މުއައްސަސާއާ ގުޅޭނެ ގޮތް ނުވަތަ ސޯޝަލް މީޑިއާ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ވެބްސައިޓުގައި މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަން ހުށަހަޅަންޖެހޭނެއެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބޫއާތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ސިސްޓަމްތަކާއި ޑޭޓާބޭސްތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރަންވާނީ މި ޑިރެކުޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އިދާރާތަކުގެ ރަސްމީ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ހިމެނެއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x