ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 1:32
ހޫނު ޚަބަރު
ހަބަރު

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ފިލްމީ ތަރިން ހިމެނޭހެން 4 މީހެއްގެ ބަންދަށް 15 ދުވަސް

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް2 ފަހަރު ބެލިފައި
ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ފިލްމީ ތަރިން ހިމެނޭހެން 4 މީހެއްގެ ބަންދަށް 15 ދުވަސް
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް
ފޮޓޯ: ޕޮލިސް

ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި، ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ފަންނާނުންތަކެއް ހިމެނޭހެން 8 އޮކްޓޫބަރު 2026 ގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިޙު (35އ) އާއި، މަތިމަރަދޫ. ކޮންކީލިޔާ / ލ. ގަން، މުޙައްމަދު ވިޝާލް (29އ) އާއި، ވ. ސިނަމާލެ 4 3-03 / މާލެ، އަޙްމަދު ޢަޒްމީލް ގެ އިތުރުން އޭނާގެ ކޮއްކޮ ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަޒްމީލް (އަޒޭ) އާއި ޖުމައިޙު (ޖުމާ) އަދި ވިޝާލް (ރޯމަން) އަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިންނެވެ.

ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެއިން ކޮންމެ މީހެއްގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ހައްޔަރުކުރުމަށްފަހު ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މި ހަތަރު މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. އަދި ޖުމައިޙްގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ ޖުމައިޙްގެ ކޮޓަރީގައި ތިއްބައެވެ. ފުލުހުން އެ ކޮޓަރިއަށް ވަތް ވަގުތު، ކޮޓަރީގެ މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ސީންއަށް ދިޔަ ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ހަތަރު މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x