ތިލަމާލެ ބްރިޖުގެ ފަހު ސެގްމަންޓް އަޅައި، ވިލިމާލެ-ގުޅީފަޅު ގުޅުވާލައިފި
ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅީފަޅު ގުޅުވާލުމަށް އަޅަންޖެހޭ އެންމެ ފަހުގެ ސެގްމަންޓް މިއަދު އަޅައި، އެ ދެ ރަށް ބްރިޖުން ގުޅާލައިފިއެވެ. މިއީ މުޅި މަޝްރޫޢަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.







