ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 1:33
ހޫނު ޚަބަރު
ހަބަރުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުސިއްހަތު

ނަފްސާނީ ފަރުވާ ފަސޭހަކުރަން އައު ޤާނޫނެއް އެކުލަވައިލަނީ: ރައީސް

ހަސަން އައިމަން ޙާތިމްހަސަން އައިމަން ޙާތިމް0 ފަހަރު ބެލިފައި
އޯގާތެރި، އަދި ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއެކު ފަސޭހައިން ޚިދުމަތް ހޯދޭނެ ފަދަ ވަރުގަދަ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް
ފޮޓޯ: ރައީސް އޮފީސް

އޯގާތެރި، އަދި ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއެކު ފަސޭހައިން ޚިދުމަތް ހޯދޭނެ ފަދަ ވަރުގަދަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ޙިއްޞާކުރެއްވި މާނަފުން ޕޯސްޓަރާއި މެސެޖުގައި ވިދާޅުވީ، މި ނިޒާމު ބައްޓަންކުރެވެމުންދާނީ މިފަދަ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކުގެ އަޑު އަހައި، އެ ފަރާތްތަކުގެ ތަޖުރިބާތަކަށް ރިޢާޔަތްކޮށް، ދިވެހި ރައްޔިތުންގެ ޙަޤީޤީ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނަފްސާނީ ފަރުވާ ފަސޭހަކުރަން އައު ޤާނޫނެއް އެކުލަވައިލަނީ: ރައީސް

މި ޢަޒުމް ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި، ”މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2025–2029“ ގެ ދަށުން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސިޔާސަތުތަކާއި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ ތެރެއިން، ޤައުމީ ފެންވަރުގެ ނަފްސާނީ ޞިއްޙަތުގެ ސިޔާސަތެއް އެކުލަވައިލުމާއި، ޖުމްލަ ފުރިހަމަ ނަފްސާނީ ޞިއްޙަތުގެ ޤާނޫނެއް (މެންޓަލް ހެލްތު އެކްޓް) ވުޖޫދުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓު:

ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕްރައިމަރީ ހެލްތުކެއާގެ ތެރެއަށް ނަފްސާނީ ސިއްޙަތުގެ ޚިދުމަތްތައް އެއްފަސްކޮށް، އަތޮޅުތަކާއި ސަރަޙައްދީ ފެންވަރުގައި ހާއްސަ ޚިދުމަތްތައް ފުޅާކުރެވެމުންދާ ކަމަށެވެ. އަދި ޓެލެ-މެންޓަލް ހެލްތުގެ ޚިދުމަތްތަކާއި، ކުއްލި ޙާލަތްތަކުގައި އަވަހަށް އިޖާބަދޭ ނިޒާމުތައްވެސް ހަރުދަނާކުރެވެމުންދާ ކަމަށް ބަޔާންކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި، ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުން ކަމަށެވެ. އަދި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު އަތްފޯރާފަށުގައި ލިބޭނެ މަގު ތަނަވަސްކޮށްދީ، ކޮންމެ ރަށެއްގައްޔާއި، ކޮންމެ މުޖުތަމަޢެއްގައި އަދި އެކަކު އަނެކަކާ ދެމެދު ދެކެވޭ އިޚްލާޞްތެރި ވާހަކަތަކުގެ ތެރެއިން، އޯގާތެރިކަމުން ފުރިގެންވާ ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން ރައީސް އެކްސްގައި ޙިއްޞާކުރެއްވި މި މެސެޖާއެކު، ފުން މާނައެއް އެކުލެވޭ ޚާއްޞަ ކުރެހުމެއްގެ ޕޯސްޓަރެއްވެސް ވަނީ ހިމަނުއްވާފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x