ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 10:58
ހޫނު ޚަބަރު
ހުކުރު ޚުޠުބާޚުޠުބާދީން

އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ރައްކާތެރިކޮށް، ދީނުގެ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ނަބާނަބާ10 ފަހަރު ބެލިފައި
އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ރައްކާތެރިކޮށް، ދީނުގެ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
2 ރިއެކްޝަންތައް

އިސްލާމްދީނަކީ މާތް ﷲ އިންސާނިއްޔަތަށް ދެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށާއި، ކޮންމެ ފަދަ ޙާލަތެއްގައި ވެސް މި މަތިވެރި ދީނުގެ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

"އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއެވެ. އަދި އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް މި ދީނުގައި ފުރިހަމަވެގެންވާ ކަމަށާއި، ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގަކީ ވެސް އިސްލާމްދީން ކަމުގައި ފާހަގަކުރިއެވެ.

ނަމަވެސް ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެ ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރިއެވެ.

ފުރަތަމަ ޖީލުގެ މުސްލިމުންނާއި ޞަޙާބީން ދީނުގައި ސާބިތުވެ ތިއްބެވި މަތިވެރި މިސާލުތަކަށް އަލިއަޅުވާލަމުން، ބިލާލުގެފާނާއި ޚައްބާބު ބިން އަލްއަރައްތުގެފާނަށް މުޝްރިކުން ދިން އަނިޔާތަކާއި، އެ ހުރިހާ ދަތިތަކަކާއެކުވެސް އެ ބޭކަލުން ދެއްކެވި ސާބިތުކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން މުސްލިމުންނަށް މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބިފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިކަން ކުރިމަތިވާނެކަން ޢުމަރުގެފާނުގެ ބަސްފުޅުން ދަލީލު ދައްކަވައި ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ބަހާއި ޢަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދައްކުވައިދީ، ގޭތެރޭގައްޔާއި ބާޒާރުތަކުގައްޔާއި އެންމެހައި މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި، ބިދުޢަތަކާއި ޝިރުކުން ދުރުހެލިވެ، ފަރުޟު ނަމާދުތަކަށާއި ޒަކާތުގެ ވާޖިބަށް ރައްކާތެރިވުމަށް ހަނދާންކޮށްދިނެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x